- Advertisement -ad image

އަނގަޔާ އަތާ ދިމާނުވާ ހާލުގައި ތިއްބާ ނަންބަރުބޯޑު ބަދަލުކުރުމަކީ އިތުރު ތަކުލީފެއް: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް


ދިވެހި ރައްޔިތުން އަނގަޔާ އަތާ ދިމާނުވާ ހާލަތެއްގައި ތިއްބާ ނަންބަރު ބޯޑު ބަދަލުކުރަން ކުރު މުއްދަތެއް ދިނުމަކީ އިތުރު ތަކުލީފެއް ކަމަށް ކަމަށް މާލޭސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވަނީ އުޅަނދުފަހަރުގައި ގަވައިދާ ޚިލާފަށް ނަންބަރުބޯޑު ހުންނަ ނަމަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ‏މިކަމަކީ ޒުވާނުންނާއި އާއްމު ރައްޔިތުންނަށް އިތުރު ތަކުލީފެއް ކަމަށެވެ.
ނަންބަރު ބޯޑު ހުންނަންވާނީ ގަވައިދާ އެއްގޮތަށް ކަމަށް ގަބޫލުފުޅު ކުރެއްވި ނަމަވެސް ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ޙާލުގައި ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ، ތަރުތީބު އޮޅިފައިވާ ސިޔާސަތެއް ކަމަށެވެ.
ކޮންމެ ކަމަކަށްވެސް މުނާސަބު ވަގުތަކާއި ޙާލަތެއް އޮންނާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.
ނަންބަރުބޯޑު ހުންނަންވާ ގަވައިދާ ހިލާފަށް، ނަންބަރު ބޯޑު ހަރުކޮށްފައި ހުންނަ ވެހިކަލްތަކުގެ ވެރިފަރާތަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންވެސް ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ