- Advertisement -ad image

ކުއްލި ސިއްހީ މައްސަލައެއް ދިމާވެ ޖަލު ޑިއުޓީގައި ހުރި ޒުވާނަކު ނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ކ މާފުށީގައި ހުންނަ ޖަލުގެ ޑިއުޓީގައި ހުރި ޖަލު އޮފިސަރަކަށް ސިއްހީ މައްސަލައެއް ދިމާވެ ކުއްލިއަކަށް ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ޕްރިޒަން ޕްރައިވެޓް އާދަމް ނިއުޝާދެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާފުށީ ޖަލުގައި ރޭ ޑިޔުޓީ ކުރަމުން ދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނިއުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
ޕްރިޒަން ޕްރައިވެޓް މަރުހޫމް އާދަމް ނިއުޝާދު ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅިވަޑައިގަތީ 2014 ފެބްރުއަރީ 03 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ