- Advertisement -ad image

ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތްވާ އަޑިއަށް ދިޔަ ލޯންޗް އެއްގަމަށް އަރުވައިފި

ad image

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވުމުގެ ސަބަބުން ހދ.ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ އެ އިދާރާގެ ނޮދަން އޭރިއާ ކޮމާންޑް ހދ. ހަނިމާދޫ ޕޯސްޓްގެ ސިފައިން ވަނީ މި ހާދިސާ އާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްެއެންޑީއެފް ހަނިމާދޫ ޕޯސްޓަށް ލިބުނީ މެންދުރު 12:41 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.


އެ މަޢުލޫމާތު ލިބުމާއެކު ސިފައިން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފެށި ކަމަށާއި އަދި، ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ލޯންޗު ވަނީ އެ ސަރަހައްދުން އެއްގަމަށް އަރުވާފައި ކަމަށް ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ