- Advertisement -ad image

އިގްތިސާދުކޮށްގެން ކަންކަން ކުރަން ސްކޫލްތަކަށް އެޑިއުކޭޝަނުން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


އެކި މުނާސަބަތުތައް ފާހަގަ ކުރުމަށް ސްކޫލުތަކުން ކުރާ ހޭދަތައް މަދުކޮށް އިގްތިސާދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.
އެމިނިސްޓްރީން ސްކޫލްތަކަަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެކި މުނާސަބަތާއި ގުޅިގެން ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމަށް ސްކޫލްތަކުން ބޮޑެތި ހޭދަތައް ކުރަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށާއި މިގޮތުން ކުރާ ހޭދަތައް ސްކޫލްގެ ޕީޓީއޭ މެދުވެރިކޮށް އަދި އެކ ފަރާތްތަކުގެ ހިލޭ އެހީ އާއި ސްޕޮންސަރގެ ގޮތުގައި ހޯދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
ނަމަވެސް މިފަދަ ކަންކަން ކުރުމަށް ބެލެނިވެރިން މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާ ހޯދުމާއި ބެލެނިވެރިންލައްވާ ބޮޑެތި ހޭދަތައް ކުރުވުމަކީ އެއްގޮތަކަށްވެސް ތަރުހީބުދޭ ކަމެއް ނޫން ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އަދި މިކަން މިގޮތަށް ކުރަމުންދާ ކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބެމުންދާ ކަމަށްވެސް އެޑިއުކޭޝަނުގެ ސިޓީގައި ވަނީ ބުނެފައެވެ.
އެހެންކަމުން ސްކޫލުންރާވާ ހިންގާ ކޮންމެ ހަރަކާތަކީ ސީދާ ދަރިވަރުންނަށް އެކަމުގެ މަންފާ ދަރިވަރުންނަށް ކުރާގޮތަށް ހިންގާ ހަރަކާތްތަކަކަށް ހެދުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.
ކުރިއަށް އޮތީ ޓީޗަރުންގެ ދުވަސް ކަމުން މި ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ހުރިހާ ސްކޫލަކުންވެސް އަންނަނީ ދުރާލާ ތައްޔާރުވަމުންނެވެ. ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ އޮކްޓޯބަރު 5 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ