- Advertisement -ad image

ދިރާގަށް 34 އަހަރު: ރައްޔިތުންނަށް ދިނީ ހިދުމަތެއް ނޫން! ޒަރޫރީ ބޭނުމަކުން ހެސްކިޔާފަ ފައިދާ ނެގީ!

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި މުއާސަލާތީ ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށި ދިވެހިރާއްޖޭ ގުޅުން ޕްރައިވެޓް ލިމިޓެޑް ދިރާގަށް މިއަދު 34 އަހަރު ފުރުނީއެވެ.
މިދިޔަ 34 އަހަރު ދުވަހުގެ ތެރޭގައި ދިރާގުން ރައްޔިތުންނަށް ދިން ހިދުމަތާއި ދޭތެރޭ ހިތްހަމަ ޖެހެނީ ކިތައް މީހުންބާއޭ ހިތަށް އަރައެވެ.
1988 އަހަރު އެންމެ ފުރަތަމަ ދިރާގުން ރާއްޖޭގައި ޓެލެކޮމިއުނިކޭޝަނުގެ ހިދުމަތް އަލަށް ތައާރަފުކޮށް، އެ ހިދުމަތް މިއަދާ ހަމައަށް ދެމުން އަންނައިރު މި ހިދުމަތް ހޯދަން މިއަދުވެސް ރައްޔިތުން ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ދިވެހިންހާ އަގުބޮޑުކޮށް ފޯނު ކޯލް އަދި އަންޓަރނެޓް ދައްކަންޖެހޭ ބަޔަކު ނެތެވެ. ގިނަ ބަޔަކު ދެކޭ ގޮތުން ނަމަ ދިރާގުން ދިނީކީ ހިދުމަތެއް ނޫނެވެ. ޒަރޫރީ ބޭނުމަކުން ހެސްކިޔާފައި ފައިދާ ނެގީއެވެ.
މިއަދުވެސް ދިރާގުގެ ހިދުމަތްތަކާއި ދޭތެރޭ ރައްޔިތުން ކަންބޮޑުވާއިރު ބައެއް މީހުން ދިރާގުން ހިދުމަތް ހޯދަނީ އިތުރު އެހެން ޗޮއިސެއް ނެތުމުންނެވެ.
ކިރިޔާވެސް ދިރާގުގެ ހިދުމަތުގެ އަގު ހެޔޮވެހެންދިޔައީ ވާދަވެރި އެހެން ކުންފުންޏެއް ޓެލެކޮމިއުނިކޭޝަން ދާއިރާ އަށް އައުމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ