- Advertisement -ad image

މިހާތަނަށް ޓުއަރިޒަމަށް އެންމެ ބޮޑު ގެއްލުމެއް ދިނީ އެމްޑީޕީން: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ޓުއަރިޒަމަށް އެންމެ ބޮޑު ގެއްލުމެއް ދިން ބަޔަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޓުއަރިޒަމް ސިނާއަތަށް 50 އަހަރު ފުރުން މިއަދު ފާހަގަކުރަމުންދާއިރު މިކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރިގެން އެމްޑީޕީ ސަރުކާރުން އެކަން މިއަދު ފާހަގަކުރާއިރު މާޒީގެ ސަފުގާތައް ބަލާލީމާ އެނގޭ އެންމެ ބޮޑު ހަގީގަތަކީ ދިވެހިރާއްޖޭގެ ޓުއަރިޒަމަށް އެންމެ ބޮޑު ގެއްލުމެއް ދިން ބަޔަކީ އެމްޑީޕީ ކަން ކަމަށެވެ.
ރައީސް ޔާމީނުގެ ފަސް އަހަރުގެ ވެރިކަމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތިބެގެން އެމްޑީޕީއަށް ނިސްބަތްވާ އެކި ފަންތީގެ މީހުން ވަނީ ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާފައެވެ.
މާލެ އަތޮޅު ވިހަމަނާފުށީގައި، ކުރުނބާ ވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވުނީ، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ