- Advertisement -ad image

ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒު ކުރަނީ މުދައްރިސުން: މިނިސްޓަރ

ad image

ގުޅުންހުރި ލިޔުންތައް

ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ މާނަވީ ބަދަލެއް ތަންފީޒު ކުރާ ފަރާތަކީ މުދައްރިސުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންދާ މުދައްރިސުންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ، ގައުމު ގެންދާން ބޭނުންވާ މިސްރާބު ހަގީގަތުގައި އަމާކުރާ ފަރާތަކީ މުދައްރިސުން ކަމަށެވެ.
“ އަތޮޅުވެރިންނަށް ހިތްޕެވޭނީ ވަލުގައި. ބާރުލާނީ ރައްޔިތުންނޭ ބުނާ ބީދައިން މިފަދަ ބޮޑު ޒިންމާއެއް އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި ވީ ހިނދު އަޅުގަނޑުމެން މުދައްރިސުން ވިސްނާލަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި” މިނިސްޓަރގެ ހިތާބުގައި ވެއެވެ.
ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިޅާވަޅުތަކަށް ނޫން ކަން ކަމަށާއި މުދައްރިސުންގެ ސުލޫކާއި ދަރިވަރުންނާއި މުޖުތަމައުއާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި މީހުންނާއި މުއާމަލާތްކުރާ ގޮތްތަކުންވެސް ދަރިވަރުން ނަމޫނާ ނަގާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ދަރިވަރުންގެ ދިރިއުޅުމުގައި އެކުދިންނަށް އެންމެ ނުފޫޒު ފޯރާ އުމުރުފުރާގައި އެކުދިންނާއި ބައްދަލުވާ މުފައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަން ކުރާ ފަރާތް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އާއިޝަތު އަލީ ވަނީ ދަރިވަރުންގެ ގައިގައި މުދައްރިސިން އަށަގަންނަވަން ބޭނުންވާ ސިފަތަކުން ނަމޫނާ ދެއްކުމަށް ހުރިހާ މުދައްރިސުންގެ ކިބައިން އެފިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ