- Advertisement -ad image

ޓުއަރިޒަމަށް 50 އަހަރު: އެވޯރޑް ލިބުނީ ބޮއިކޮޓް ކުރަން ގޮވި މީހުންނަށް!

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓްކޮށް ރާއްޖެއަށް ނައުމަށް އެންމެ ބޮޑެތި ކެމްޕެއިންތައް ސޯޝަލްމީޑިއާގައި ކުރި މީހުންނަށް އެވޯރޑް ދިނުމުން ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަން ފަށައިފިއެވެ.
ޓުވިޓަރގާ އެންމެ ގިނަ ބަޔަކު ބުނަމުންދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ފަތުރިކަން ބޮއިކޮޓް ކުރުމަށް ބޭރުގައި ހުންނަވައިގެން ގޮވި އެއް ބޭފުޅާ ކަމަށެވެ.
ނަމަވެސް ފަތުރުވެރި ކަމަށް 50 އަހަރު ފުރުނު މުނާސަބާ އާއި ގުޅުވައިގެން ނަޝީދަށް އެވޯރޑް ދިނުމުން ގިނަ ބަޔަކު ބުނަނީ މިއީ ސަރުކާރުން ދާއިރާ އަށް ކުރި ފުރައްސާރައެއް ކަމަށެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން އާ އުސްމިނަކަަށް ގެންދެވުމަށް ކުރީގެ ރައީސް ޔާމީން ކުރެއްވި ވަރުގެ މަސައްކަތެއް ހަޔާތުގައިވެސް އެހެން ރައީސަކު ނުކުރައްވާ ކަމަށެވެ.
އަދި ރައީސް ޔާމީނަށް ދިވެހި ރައްޔިތުން އެ އެވޯރޑް އަރުވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށް ޝަހީމް ވިދާޅުވިއެވެ.


ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ މުހައްމަދު ފިރާގު ވިދާޅުވީ އިންސާފުން ދިން އެވޯރޑެއް ނަމަ ރައީސް ޔާމީނަށް އެވޯރޑް ދިނީސް ކަމަށާއި މީގެން އެނގެނީ ސިޔާސީ ނަފުރަތު ގައުމުގައި އޮތް މިންވަރު ކަމަށެވެ.

ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގައި 77 ފަރާތަކަށް “ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް” އަރުވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ