- Advertisement -ad image

ރައީސް ޔާމީންގެ ދައުރުގައި ނިންމެވި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ބޭނުން ކުރަން ފަށަައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށި އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 2018 ވަނަ އަހަރުގައި ނިންމި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ބޭނުންކުރަން މިއަދު ފަށައިފިއެވެ.
މިއީ ރައީސް ޔާމީނުގެ ވެރިކަމުގައި ފެށި އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން 2018 ވަނަ އަހަރު ނިންމާފައިވާ މަސައްކަތެކެވެ.

އައު ރަންވޭ ރަސްމީކޮށް ބޭނުންކުރުމަށް ހުޅުވާ ރަސްމިއްޔާތު ފެށުނީ އެމިރޭޓްސް ފުލައިޓް EK656 ބޮއިން 777 މަރުކާގެ މަތިންދާބޯޓު ވީއައިއޭ ކޯޑް އެފް ރަންވޭގައި ޖެއްސުމުނެވެ.

އެ ފުލައިޓް ވީއައިއޭގައި ޖައްސާފައި ވަނީ މިއަދު ހެނދުނު 07:00 ގައެވެ.

ފްލައިޓް ޖެއްސުމާއެކު އައު ރަންވޭ ރަސްމީކޮށް ބޭނުންކުރުމަށް ހުޅުވާ ރަސްމިއްޔާތު ވޯޓާރ ސެލިއުޓާއެކު ފެށިގެންދިޔައެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ މި ރަންވޭގެ މަސައްކަތަކީ 2017 ވަނަ އަހަރު ދިވެހި ސަރުކާރުން ޗައިނާގެ އެގްޒިމް ބޭންކުން 150 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ހިންގި މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ