- Advertisement -ad image

އައު ރަންވޭ ކަށަވަރުކޮށްދެނީ ރައީސް ޔާމީނަކީ ޒަމާނީ ތަރައްގީގެ ބާނީކަން: ޑރ ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް

އައު ރަންވޭ ކަށަވަރުކޮށްދެނީ ރައީސް ޔާމީނަކީ‬⁩ ޒަމާނީ ތަރައްޤީގެ ބާނީކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިކަމާ ބަހްސެއް ނެތް ކަމަށާއި ރައީސް ނާޞިރް އަދި ރައީސއ ޔާމީނަކީ އެހެން ލީގެއްގެ ވެރިން ކަމަށެވެ.
އަދި މިހާރުގެ ރައީސް ސޯލިހު ހަރުކޮންނަނީ އެބޭފުޅާގެ މިންވަރުން ކަމަށާއި އެއީ ކްލާސްރޫމް، ބަސްހުއްޓި، އިންޖީނުގެ، ރީބްރޭންްޑްކުރުން ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނިންމި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ބޭނުން ކުރަން ފަށާފައިވަނީ މިއަދުއެވެ.
މި ރަންވޭ އަކީ ރައީސް ޔާމީގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހު ފުރަތަމަ ބޯޓު ޖެއްސި ރަންވޭއެކެވެ.
މި ސަރުކާރަށް ހަތަރު އަހަރުވާން ކައިރިވެފައިވާއިރު ރަންވޭ ބޭނުން ކުރަން އެ ފެށީ މިއަދުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ