- Advertisement -ad image

ރާއްޖޭގެ ވެރިންގެ ތެރޭގައި ތިބީ ޖީއެމްއާރުގެ ފުރޮޅުތަކެއް: ސައީދު

ad image

ގުޅުންހުރި ލިޔުންތައް


ދިވެހިރާއްޖެއަށް ތަރައްގީ ގެނައުމަށް އެމްޑީޕީގެ އަދުގެ ސަރުކާރުން ބޭނުންނުވާނެ ކަމަށާއި އަދުގެ ވެރިން ތިބެން ބޭނުންވަނީ އިންޑިއާގެ ފައިބުޑުގައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ސިލްސިލާކޮށް ބާއްވާ މަވެސް ޕީޕީއެމް ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން މި ގައުމަށް ތަރައްގީ ގެންނަން ކުރެއްވި ބުރަ މަސައްކަތްޕުޅަށް އެމްޑީޕީ އިދިކޮޅުގައި އޮވެ ހުރަސް އެޅި ކަމަށާ އެގޮތުން ސައުދީ ސަރުކާރު މެދުވެރިކޮށް ރާއްޖެއަށް ގެންނަން މަސައްކަތްޕުޅު ކުރެއްވި ތަރައްގީގެ ބިޔަ މަޝްރޫއުއަށްވެސް އެމްޑީޕީއިން ހުރަސް އެޅިކަމަށެވެ.

ހަމަ އެހެންމެ އިންޑިއާގެ ޖީއެމްއާރު ކުންފުނި އަތުން އަނބުރާ ދިވެހިންގެ އެއާޕޯޓު ހޯދުމުން އެމްޑީޕީގެ އޭރުގެ ވެރިން ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވިކަންް ސައީދު ފާހަގަކުރެއްވިއެވެ.

” ރާއްޖޭގައި ތިބޭނެ ޖީއެމްއާރުގެ ހަތަރު ފުރޮޅު. އެއީ ރައީސް ނަޝީދުއާ މާރިޔާއާ ޝާހިދުގެ އިތުރުން މި ވަގުތު ގައުމުން ބޭރުގައި ހުރި ރައީސް ސޯލިހު. ރައީސް ޔާމީން ރާއްޖޭގެ އެއާޕޯޓު ބޮޑުކޮށް ތަރައްގީގެ ބިޔަ މަޝްރޫއުތައް ފައްޓަވާ ބުރިޖު އެޅުމުން ނަޝީދު ވިދާޅުވި ކީއްކުރާ ތަންތަންތޯ އެއީ، މި މީހުންގެ ވިސްނުމުގައި ހުންނަނީ އަބަދުވެސް އިންޑިއާ ފައިބުޑުގައި ރާއްޖެ އޮންނަން ޖެހޭ ކަމަށް” ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މިހާރުގެ ވެރިންނަކީ ކަރުދާސް އޮޑިއެއްގައި ތަރައްގީގެ ދުވެލި މަޑު ދަތުރެއް ކުރައްވާ ބައެއް ކަމަށާ އެހެންކަމުން އެފަދަ ބޭފުޅުން ވިސްނުން ރައީސް ޔާމީންގެ ބޮޑެތި ވިޝަންއާ އެއް ފެންވަރެއްގައި ނުހިނގާނެ ކަމަށެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވާއިރު، 2008ގައި އެމްޑީޕީގެ ވެރިކަމުގައި 78 މިލިއަން ޑޮލަރުއަށް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރުއަށް ވިއްކާލާފައި އޮއްވާ 2013ގައި ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ޔާމީން ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް ހޯއްދަވާ ދެއްވާ އެއާޕޯޓުގައި އައު ރަންވޭއެއް ގާއިމުކުރައްވާ އެއާޕޯޓުގައި ތަރައްގީގެ ބިޔަ މަޝްރޫއުތައް ފެެއްޓެވިއެވެ. އަދި މިއަދު އެމަނިކުފާނު އެޅުއްވި އައު ރަންވޭ ހުޅުވުމަށް ފަހު އެމްޑީޕީއިން ދަނީ ކްރެޑިޓު ނަގަމުންކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ