- Advertisement -ad image

ޕީޕީއެމުން ކުރާ މަސައްކަތަކީ ދިވެހިންގެ ވެރިކަމެއް ދިވެހިންނަަށް ހޯދައިދިނުން: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމުން ކުރަމުން ގެންދަނީ ދިވެހިންގެ ވެރިކަން ދިވެހިންނަށް ހޯދައިދިނުމުގެ މަސައްކަތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާަޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމު ވިދާޅުވީ، ރައީސް ޔާމީން ކުރައްވަމުން ގެންދަވާ އެއް މަސައްކަތްޕުޅަކީ ދިވެހިންގެ މިނިވަންކަން ދިވެހިންނަށް ހޯއްދަވާ ދެއްވުމަށް ކުރާ މަސައްކަތްޕުޅު ކަމަށާ އެގޮތުން މޭމަތީގައި އިންޑިއާ އައުޓު ޖަހައިގެން އެމަނިކުފާނު ނުކުމެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ފާޑުކިޔުން އަމާޒުކުރި ނަމަވެސް އެކަމަށް ފަސްޖެހިވަޑައިނުގެން އެމަނިކުފާނުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވި ކަމަށެވެ.

” ރައީސް ޔާމީން ނޫނިއްޔާ ނެތް އިންޑިޔާގެ ނުފޫޒަށް ފާޅުގައި ނޫނެކޭ ވިދާޅުވާން ކެރިވަޑައިގެންްނެވި ވެރިއެއް. އެމަނިކުފާނަށް ނުހައްގުން އަނިޔާ ދީ ޖަލަށް ލުމުންވެސް އަޒުމަށް ގުޑުމެއް ނުގެންނަވާ. ގައުމީ މަސައްކަތުގައި ހުންނެވީ ސާބިތުކަމާއެކު. ޕީޕީއެމް އިން ކުރަަނީ ގައުމީ މަސައްކަތެއް. އެ މަސައްކަތުގެ މަގްސަދަކީ ދިވެހިންގެ ވެރިކަމެއް ދިވެހިންނަށް ހޯދައިދިނުން. އެކަން ކުރެވޭނީ ރައީސް ޔާމީން 2023ގައި ވެރިކަމަށް ގެނެސްގެން” އަބްދުއްރަހީމު ވިދާޅުވިއެވެ.

އަބްދުއްރަހީމު ވިދާޅުވީ، ޕީޕީއެމް ބައި ބައި ކުރުމަށް އެކި ޕާޓީތަކުން ދައްކަމުން ގެންދާ ވާހަކަތަކުގެ ސަބަބުން އެ ޕާޓީގެ ލީޑާޝިޕަށް ގުޑުން އަރުވާ ނުލެވޭ ކަމަށާ ޕީޕީއެމުގެ ލީޑާރޝިޕުގައި ތިއްބެވީ ނަފްސް ވިއްކާލައްވާނެ ބޭފުޅުން ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ