- Advertisement -ad image

ރައީސް ޔާމީން ރައީސް ސާލިހުއަށް: 2008 ގައި އެމްޑީޕީން ގެންގުޅުނީ ގައުމު ވިއްކާލުމުގެ މާސްޓަރ ޕްލޭންއެއް

ad image

ގުޅުންހުރި ލިޔުންތައް


މީގެ 12 ވަރަކަށް އަހަރު ކުރިން ތަރައްގީ ކުރަން ފެށި ތަނެއްގެ ގޮތުގައި އައު ރަންވޭގެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޓުއަރިޒަމް އެވޯރޑް ދިނުމުގެ ހަފުލާގައި ވިދާޅުވެފައިވާތީ، ރައީސް އަބްދުالله ޔާމީން އެކަމަށް ރައްދު ދެއްވައިފިއެވެ.

ޕީޕީއެމްއިން ސިލްސިލާކޮށް ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ބާއްވާ މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިބަން ފަށް ކަނޑާ ހުސްނުވާ ވަރަށް އެމަނިކުފާނު ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި 2013 އިން 2018އާ ދެމެދު ފައްޓަވާ ދެއްވާފައިވާނެ ކަމަށާ އެހެން ކަމުން އެކަންކަމުގެ މެޑަލް ބަޔަކު ޖެހި ނަމަވެސް ރައްޔިތުންގެ ހިތުގައި އެމަނިކުފާނާ މެދު އޮތް ލޯތްބަށް ބަދަލެއް ނާންނާނެ ކަަމަށެވެ.

” 2008 ވަނަ އަހަރު ރައްޔިތުންގެ މަންދޫބުން މާލިއްޔަތު ގާނޫނަށް ގެނައި ބަދަލު ފާސްކޮށް ތަސްދީގުކުރަން ފޮނުވުމުން މޭޒުމަތީ އެ އިސްލާހު ތަސްދީގުނުކޮށް ބޭއްވުމަށް ފަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އެއާޕޯޓު ޖީއެމްއާރުއަށް ދިވެހިންގެ ބާރު ނުހިނގާ ގޮތަށް ދިގު މުއްދަތަށް ދޫކޮށްލީ، އޭރު ދިޔައީ ގައުމުގެ ހަރު މުދާ ހަމަ އެއް ލަމައެއް ނެތި ވިއްކަމުން. ދިރާގުގެ ހިއްސާ ވިއްކާލި، ފެން ކުންފުނީގެ ހިއްސާ ވިއްކާލި. ޖީއެމްއާރުއަށް އެއާޕޯޓު ވިއްކާލި. ތާރީޚު އޮޅުވާނުލައްވާ. އަދިވެސް އެކަންކަން ދެނެތިބި ބޭފުުޅުން ގަދަވެ ހެޔޮ ހާލުގައި ދުނިޔޭގައި އެބަ ތިބި. 2008ގައި އެމްޑީޕީއިން ގެންގުޅުނީ ގައުމު ވިއްކާލުމުގެ މާސްޓަރ ޕްލޭންއެއް” ރައީސް ޔާމީންް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެެމަނިކުފާނު އޭރުވެސް ދެއްކެވީ މިނިވަންކަމުގެ ވާހަކަ ކަމަށާ މިހާރުވެސް އެމަނިކުފާނު ދައްކަވަނީ މިނިވަންކަމުގެ ވާހަކަ ކަމަށެވެ. އޭރުވެސް ދިވެހިންނަށް ދިވެހިންގެ އެއާޕޯޓު ހޯދަން ތެދުވި ބަޔަކީ ޕީޕީއެމް ކަމަށާ މިހާރުވެސް ދިވެހިންނަށް ދިވެހިންގެ ގައުމު ހޯދަދޭން ތެދުވެ ތިބީ ޕީޕީއެމް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ