- Advertisement -ad image

އިގްތިސާދު ހީނަރުވެގެންދާ ކަމަށްވާނަމަ، އެ އިގްތިސާދު އަޅުވެތިކުރަން ފަސޭހަވާނެ: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

އިގްތިސާދު ހީނަރުވެގެންދާ ކަމަށްވާނަމަ އެ އިގްތިސާދެއް ފައިދަށުލުމަށް ނުވަތަ އަޅުވެތި ކުރަން އެހެން ބަޔަކަށް ވަރަށް ފަސޭހަވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖެ އަޚުވެތިކުރަން ފުތުސަތު ދިނީ މި ސަރުކާރުން ކަމަށެވެ.
“ މި ސަރުކާރު ވެރިކަމަށް އައި އިރު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ހުއްޓޭ. އެމީހުން އެއްވެސް މަސައްކަތެއް ނުކޮަށް ހޭދަކުރަން 800 މިލިއަން ޑޮލަރުއެމީހުން އަތުގައި ހުއްޓޭ، އެއީ ކުރީ ސަރުކާރުން އެމީހުންނަށް ބަހައްޓައިދީފައި ހުރި އެއްޗެކޭ، އުގަނޑުމެން 2013ގައި ވެރިކަމާއި ހަވާލުވިއިރު 29 ބިލިއަން ރުފިޔާ ދަރަނި އޮތް، އެކަމު މިމީހުން ބިސްމި ކިޔާފައި ގޮނޑީގައި އިށީންއިރުވެސް ވިސްނާކަށް ނުޖެހުނު ކާރު ގަންނާނެ ލާރި ހޯދާކަށް،” ރައީސް ޔާމީން ވިދާަޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމް ކުރިއަރައިގެން ދިޔަ ގޮތާއި ދޭތެރޭގައި ވިސްނުމުގެ ނަޒަރިއްޔާތުގެ އެއްވެސް ހިއްސާއެއް އެމްޑީޕީއަކަށް ނޯންނާނެ ކަމަށެވެ.
އަދިއެމްޑީޕީން ކުރިހާވެސް މަސައްކަތަކީ ޓުއަރިޒަމް ހަލާކު ކުރުން ކަމަށާއި ޓުއަރިޒަމް ބޮއިކޮޓްކޮށް އެއަރޕޯޓާވެސް ދެކޮޅު ހެދީ ކަމަށެވެ.

“ ކޮންކްރީޓް ތަރައްގީ ކަމަށްބުނެ ބްރިޖަށް ފާޑުކީ ބްރިޖާއި ދެކޮޅު ހެދީ އަދި ބައެއް މީހުން ތިބި ކަންނޭގެ ބްރިޖަށް ނާރާވެސް. ބްރިޖް ކިހާ ދެރަވާނެ ތޯ މިމީހުން ދަތުރު ނުކުރީމަ ދެއްތޯ؟” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މައްސަލައަކީ އެމަނިކުފާނުގެ ސަރުކާރުން ނިންމާފައިވާ މިފަދަ ކޮންމެ މަޝްރޫއެއްގެ ކްރެޑިޓް ނަގަން މިމީހުން ފައިވިއްދާތީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ