- Advertisement -ad image

ޒަރިޔަންދު ނަހުލާއަށް: ރަޖިސްޓްރީ ކުރާ އުޅަނދެއްގެ ޒިންމާ ނަގަންޖެހޭނީ ވަޒީރު

ad image

ގުޅުންހުރި ލިޔުންތައް


ގަވާއިދުގައި ލިޔެފައިވާގޮތަށް ސީދާ ވަޒީރުގެ ހުއްދައެއް އޮވެގެން މަތިކުރަންޖެހޭ ގާނޫނީ އިސްތިސްނާއަކަށް ރަޖިސްޓްރީ ކުރާ އުޅަނދެއްގެ ޒިންމާ ނަގަންޖެހޭނީ ވަޒީރު ކަމަށް އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިސްމާއިލް ޒަރިއަންދު ކުރެއްވި ޓުވީޓެއްގައި ވިދާަޅުވީ، ވަޒީރުގެ ޒިންމާއިން ރެކި ރައްޔިތުންނަށް އޮޅުވާނުލުމަށް ގޮވާލާފައެވެ.
ޒަރިޔަންދު ވިދާޅުވީ، ރަޖިސްޓްރީ ބާތިލުކުރި އުޅަނދުފަހަރުގެ ވެރިންކޯޓަށް ދާންޖެހޭ ކަމަށެވެ.
ޒަރިޔަންދު މިހެން ވިދާޅުވެފައި މިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރކޮށްފައިވާ އުޅަނދުތައް ދަނީ ފެންނަމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވުމާއި ގުޅިގެންނެވެ.
މިހާރުވެސް 100 އަށްވުރެ ގިނަ ވެހިކަލްގެ ރަޖިސްޓްރީ ވަނީ މިނިސްޓްރީން ބާތިލްކޮށްފައެވެ.
މިގޮތަށް ކުއްލިއަކަށް ރަޖިސްޓްރީތައް ބާތިލް ކުރުމުން ގިނަ ބަޔަކު ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ނަހުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށާއި އުޅަނދު ރަޖިސްޓަރ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ