- Advertisement -ad image

މާލެ ސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް މާލޭގައި ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ “އެއްލައްކަ ގަސް” ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓް “މާލެ ފެހި” އާންމުންނަށް ހުޅުވާލައިފިއެވެ.
ހޮނިރުދުވަހުގެ ރޭ ބޭއްވުނު މި ހަފްލާގައި “މާލެ ފެހި” ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މާލެ ފެހި” އައުޓްލެޓުން އާންމުފަރާތްތަކަށްވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

“މާލެ ފެހި” ހުޅުވައިދެއްވުމަށްފަހު މޭޔަރ މުޢިއްޒު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ “އެއްލައްކަ ގަސް” ޕްރޮގްރާމަށް އިތުރުވެގެން ދިޔަ ބޮޅެއްކަމަށެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫޢުއެއް ކަމަށާއި،އެގޮތުން އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ.
އަދި މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތުލިބިގެން ދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
މާލެ ފެހި” އައުޓްލެޓް ހުޅުވާލެވުނުއިރު 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެންއެބަހުއްޓެވެ. އަދި މިއާއިއެކު މާލެ ސިޓީގެ “އެއްލައްކަ ގަސް” ޕްރޮގްރާމް ވެސް އިތުރަށް ފުޅާވެގެން ދާނެކަމުގައި މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެ ސިޓީގެ މައިޒާން ތަކާއި ޕާކުތައް ފެހި ކުރުމުގެ ގޮތުން ގަސް އިންދުމާއި ވިނަ އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށާއި، މި ޕްރޮގްރާމަށް އަތޮޅު ކައުންސިލް ތަކުގެ އެހީތެރިކަންވެސް ލިބިގެންދާކަމަށެވެ.

މޭޔަރު ވިދާޅުވީ މިހާރުވެސް އެކި ފަރާތްތަކުން ގަސްތައް ގަތުމަށް އެދެމުންދާކަމަށާއި، މިކަމުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށްވެސް އާމްދަނީއެއް ލިބޭނެ މަގުފަހިވެގެންދާނެ ކަމަށެވެ.


މާލޭ ސިޓީ ކައުންސިލުގެ ގަސް ކޮމެޓީން ގެންނަ ގަސްތަކުގެ މަސައްކަތްތަކަށް ހަމައެކަނި ޚަރަދު ކުރުމުގެ ބަދަލުގައި އެގަސްތަކަށް ކުރާ ޚަރަދާ އެއްވަރުގެ އާމްދަނީއެއް ލިބޭނޭ އިންތިޒާމެއް ހަމަޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފެންނާތީ އާއި ގެނެވޭ ގަސް ވިއްކައިގެން، ކައުންސިލަށް އާމްދަނީ ހޯދޭނޭ ގޮތް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްފަހު، މިކަން ކުރަންވީ ގޮތުގެ އުސޫލު ލިޔެވި ކައުންސިލުން އެންޑޯޒް ކުރުމަށްފަހު ކުރިއަށް ގެންދިއުމުގެ ގޮތުން “މާލެ ފެހި” އާންމުންނަށް ހުޅުވާލުމަށް މާލެ ސިޓީ ކައުންސިލްގެ 68 ވަނަ ރަސްމީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ “އެއްލައްކަ ގަސް” ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ