- Advertisement -ad image

އިންޑިއާގެ ކޯފް ސިރަޕާ މެދު ސަމާލުވުމަށް އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މިފަހުން ގެމްބިއާގެ ގިނަ ކުޑަކުދިންތަކެއް މަރުވި ކަމަށް ބެލެވޭ އިންޑިއާގެ ކޯފް ސިރަޕާ މެދު ސަމާލުވުމަަށް ފުޑް އެންޑް ޑުރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
އިންޑިއާއިން އުފައްދާފައިވާ މި ކޯފް ސިރަޕްގައި ވިހަ މާއްދާއެއް އެކުލެވޭއިރު. މި ބޭސް ބޭނުންކޮށްގެން ގޭމިބިޔާގެ 66 މީހުން ވަނީ މަރުވެފައެވެ. އެ ކޯފް ސިރަޕު ރާއްޖެ އެތެރެވުމުގެ ފުރުސަތު އޮތުމުން، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.
އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި އިންޑިއާގެ ހަރިޔާނާ ސްޓޭޓުގައި ހުންނަ މެއިޑެން ފާމަސޫޓިކަލް ލިމިޓެޑުން އުފައްދާ، ކުޑަކުދިންނަށް ދޭ ކޯފް ސިރަޕެއްގައި ހިމެނޭ، ޑައެތުލީން ގްލައިކޯލް އާއި އެތެލީން ގްލައިކޯލް ކިޔާ މާއްދާތަކެއްގެ ސަބަބުން އެ ބޭސްތައް ތަގައްޔަރުވެފައިވާ ކަމަށް ގެންބިއާ އިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ އިރުޝާދުގެ މަތިން، ބޭނުންކުރުން މަނާކުރީ މެއިޑަން ފާމަސޫޓިކަލްސް އިން މިދިޔަ އަހަރުގެ ޑިސެމްބަރުގައި އުފައްދާފައިވާ ހަތަރު ބާވަތެއްގެ ކޯފް ސިރަޕެވެ.
އެއީ ޕްރޮމެތަޒައިން އޯރަލް ސޮލިއުޝަންއާއި ކޮފެކްސްމަލިން ބޭބީ ކޯފް ސިރަޕާއި، މަކޯފް ބޭބީ ކޯފް ސިރަޕާއި މެގްރިޕް އެން ކޯލްޑް ސިރަޕެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ