- Advertisement -ad image

ހުޅުމާލެ ފޭސް ދެއެއްގައި އިތުރު ސްކޫލެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް-2 ގައި 05 ވަނަ އަށް އިމާރާތް ކުރެވޭ ސްކޫލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސިންގ ގެ އުސޫލުން ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓްއެއްގެ ގޮތުގައި އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް އެޑްވާޑް އެންޑް ކްރިސްޓީ ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތަށް ހުށަހަޅާފައިވަނީ (ދުއިސައްތަ ސާޅިސް އެއް މިލިއަން ފަސް ލައްކަ ނުވަދިހަ ހަ ހާސް ފައްސަތޭކަ ހަތްދިހަ ރުފިޔާ ފަންސާސް ހަ ލާރި)އެވެ.
18 މަސް ދުވަހުގެ ( 547 ދުވަސް ) ތެރޭގައި މަސައްކަތް ނިންމަންޖެހޭއިރު މި ސްކޫލްގައި 54 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް، 04 ލިފްޓްއާއި އަދި ފުރާ ފުރިހަމަ ސްކޫލެއްގައި ހިމެނެންޖެހޭ ހުރިހާ ވަސީލަތްތަކެއް ހުންނަންޖެހެއެވެ.
އެޑިއުކޭޝަނުން ބުނީ 2024 މާރިޗު މަހުގެ ފަހުކޮޅު އިމާރާތުގެ މަސައްކަތް މުޅިން ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު މި އިމާރާތުގެ ބޭނުންކުރަން ފެށޭނެކަމަށެވެ.
މި ސްކޫލަކީ K-10 ސްކޫލެކެވެ.
މި އިމާރާތް ނިމުމުން ހުޅުމާލޭ ފޭސް-2 ގައި ދިރިއުޅެމުންދާ ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއްގެނެވޭނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ