- Advertisement -ad image

އިންޑިއަން ނޭވަލް އެކަޑަމީގެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ އިޒްހިމާލާގައި ހުންނަ އިންޑިއަން ނޭވަލް އެކެޑެމީން ހިންގުމަށް ހަމަޖެހިފައިވާ “އިންޑިއަން ނޭވަލް އެކެޑެމީ ކޯސް (އެސްޓީ-2022)” ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފިއެވެ.

މިއަހަރުގެ ޑިސެމްބަރު 19 އިން 2026 ނޮވެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ނޭވަލް އެކެޑެމީގައި ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނު ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭލެވެލްއިން މެތަމެޓިކްސް، ފިޒިކްސް އަދި ކެމިސްޓްރީން ދަށްވެގެން “ސީ” ފާސް ލިބިފައިވާ މީހެއްކަމުގައި ވުމާއި، 2022 ޑިސެމްބަރު 19 ވަނަ ދުވަހުގެ ނިޔަލަށް މީލާދީ ގޮތުން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން ހިމެނެއެވެ.
އަދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި، ހަށިހެޔޮކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެންމެ ޖާގައަކަށެވެ.

ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، 2022 އޮކްޓޯބަރު 13 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގއަށް މެއިލް ([email protected]) ކުރުމަށް އެ އިދާރާއިން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ