- Advertisement -ad image

ކޯފާއަށް ބިރުވެތިވެ މުންކަރާ މަނާ ކުރުމަށް އެންމެން ތެދުވަންޖެހޭ!

ad image

ގުޅުންހުރި ލިޔުންތައް


ގައުމުގެ ވެރިންގެ އިސްނެގުމާއެކު މި ބިމުގައި މި ހިންގާ މުންކަރާތްތައް އާންމުވުމަށް ރައްޔިތުން ދޫކޮށްލައިގެން ތިބޭނަމަ އެންމެންގެ މައްޗަށް އާންމުވެގެންވާ ކޯފާއެއް އަތުވެދާނެ ކަމަށް ޝެއިހު ފަޒްލޫން ބިން މުހައްމަދު ވިދާޅުވެއްޖެއެވެ.
އަންހެން ހެދުން އަޅައިގެން ތިބި ފިރިހެނުންތަކެއް ހޯމަ ދުވަހު ހަވީރު ރަސްފަންނުގައި އުޅުނު ފޮޓޯ އަދި ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. އެވަގުތު އެތަނުގައި ތިބި އާއްމުން ފުލުހުންނަށް ގުޅައި މިކަން އެންގުމުން ފުލުހުން ވަނީ ނަސޭހަތް ދިނުމަށް ފަހު އެމީހުން ފޮނުވާލާފައެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝެއިހު ފަޒްލޫން ވިދާޅުވީ،
ﷲގެ ކޯފާއަށް ބިރުވެތިވެ މުންކަރާ މަނާކުރުމަށް އެންމެން ތެދުވަންޖެހޭ ކަމަށެވެ.


މީގެ އިތުރުން ޝެއިހު އާދަމް ނިޝާން ވިދާޅުވީ، މިއީ ސީދާ އެމްޑީއެންގެ މެނިފެސްޓޯ ކަމަަށާއި ބޭނުމަކީ މިކަންކަން ޢާއްމުކުރުވައި ފެތުރުން ކަމަަށެވެ.
‏އަދި ހުތުބާތަކުގައި މިފަދަ މީހުން ފަޟީޙަތް ނުކުރާށާއި އެމީހުންނަށް އޯގާތެރިކޮށް ހިތަން މިގޮވަނީވެސް މިފަދަ ލާދީނީ ލިވާޠުކުޅީގެ ފާޙިޝް މުންކަރާތުގެ އަހުލުވެރިން ޙިމާޔަތްކުރުމަށް ކަމަށް ޝެއިހު ނިޝާން ވިދާޅުވިއެވެ.

މިގޮތަށް އާއްމުތަނެއްގައި ބަޔަކު ގަރަކާތްތެރިވެފައިވާތީ ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި މިގޮތަަށް އާއްމުންތެރޭގައި އުޅެން ފުރުސަތު ދެވިގެން ނުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ