މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑަުގަދަވުމުގެ ސަބަބުން ރައީސް ޔާމީންގެ ހއ ދަތުރުފުޅު ފަސް ކޮށްފިއެވެ.
ޕީޕީއެމުން ބުނީ ހއ. ގެ 5 ރަށަކަށް މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަަސް އެޕާޓީގެ ރައީސް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކޮށްފައިވާ ކަމަަށެވެ.
އަދި މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޕީޕީއެމުން ހާމަކުރެއެވެ.
ރައީސްގެ މިދަތުރުފުޅުގައި ހއ. ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާ ގޮތަަށް ވަނީ ނިންމަވާފައެވެ
ޕީޕީއެމުން ބުނީ މިދަތުރުފުަޅުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާ ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށެވެ.
އަދި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުން ކަމަށެވެ.
މީގެ އިތުރުން ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުން ކަމަށްވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީން ބުނެއެވެ.



