- Advertisement -ad image

އޮގަސްޓު މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 100 މައްސަލަ

ad image

ގުޅުންހުރި ލިޔުންތައް

އޮގަސްޓްމަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 100 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހާމަކޮށްފި އެވެ.

ޖެންޑަރ މިނިސްޓްރީއިން އާއްމުކުރި މިއަހަރުގެ އޮގަސްޓްމަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ މަހުގައި އެކަނިވެސް އެ މިނިސްޓްރީއަށް ޖުމްލ 248 މައްސަލައެއް ރިޕޯޓުކޮށް އެޓެންޑްކޮށްފައި ވެއެވެ.

މި މުއްދަތުގައި ޖެންޑަރ އަށް ރިޕޯޓުކުރި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އިހުމާލުވުމުގެ 33 މައްސަލައެއް ހިމެނެއެވެ. އަދި ޖިންސީ ހާނިކައިގެ 24 މައްސަލަ، ޖިސްމާނީ ހާނިކައިގެ 15 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުންމުގެ 11 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ.

ހަމައެހެންމެ ނަފްސާނީ ހާނިއްކައިގެ 6 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ، އަދި އެހެނިހެން 3 މައްސަލަ މި ކެޓަގަރީން ވަނީ ރިިޕޯޓުކޮށްފަ އެވެ.

އޮގަސްޓްމަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލަ ޖެންޑަރއަށްވަނީ ހުށަހަޅާފަ އެވެ. އަދި ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 34 މައްސަލައަކާއި، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 12 މައްސަލަ އޮގަސްޓު މަހު އެކަނިވެސް ވަނީ ހުށަހަޅާފަ އެވެ.

ޖެންޑާރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 33 މައްސަލަ، ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 16، ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 4 މައްސަލައެއް މި މަހު ވަނީ ރިޕޯޓުކޮށްފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި އޮގަސްޓްމަހުގެ ނިޔަލަށް 188 ކުދިން ތިބިކަމަަށް އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. މީގެތެރެއިން 6 ކުއްޖެއް ރީއިންޓަރގްރޭޓް ކޮށް، 1 ކުއްޖަކު ވަނީ ފޯސްޓަރ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ