- Advertisement -ad image

ހުޅުމާލެ ފަޅުގައި އޮތް ދޯންޏެއް އަޑިއަށް ދާތީ އެހީތެރިކަން ފޯރުކޮށްދީފި

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭ ފަޅުތެރޭގައި، އެމްޕީއެލް ސަރަހައްދާ ދިމާ ބޭރުގައި އަޅާފައި އޮތް “ހީނާމާ” ނަމަކަށް ކިޔާ ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ދޯންޏަށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރްސީސީއަށް ލިބުނީ މިއަދު ހެނދުނު 07:10 ހާއިރުއެވެ. މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ، މިއަދު ހެނދުނު 07:31 ހާއިރު ދޯނި އޮތް ސަރަހައްދަށް ގޮސް ޕަންޕު ބޭނުންކޮށްގެން ދޯނިން ފެން ހިއްކުމުގައި ހަރަކާތްތެރިވެފައެވެ. އަދި، ޕަންޕު ޖައްސައިގެން، “ހީނާމާ” ދޯނީގެ ދިޔަގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެ ދޯނި ވަނީ އަޑިއަށް ގޮސްފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެހެންކަމުން، އެ ދޯނީގެ ދެ ފަރާތުގައި އޮތް ދެ ދޯންޏެއްގެ އެހީގައި ވާ އައްސައި ފެންފަށަލަމަތީގައި އޮންނާނޭ ގޮތަށް ވަނީ ހަދާފައެވެ. އެ ދޯނި ފެންމަތިކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން މިހާރު ދަނީ ކުރަމުން ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

މި ހާދިސާ ހިނގިއިރު އެ ދޯނީގައި ހުރީ އެންމެ ފަޅުވެރިއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ