- Advertisement -ad image

އިދިކޮޅު ޕީޕީއެމުން ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުން 4 މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުން 4 މީހަކު ހައްޔަރުކޮށްފިއެވެ.
މަސްވެރިންނަށްވެފައިވާ ވައުދު ނުފުއްދުމާއި، ނުހައްގު ދައުވާތަކާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ރޭ ކުރިޔަށް ގެންދިޔަ އިހްތިޖާޖުގެތެރެއިން ހައްޔަރުކޮށްފައިވަނީ ޕީޕީއެމް ޔޫތު ވިންގުގެ ހަތަރު ޒުވާނުން ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.
އިޖުތިޖާޖުގެ ބައިވެރިންނާ މުހާތަބުކޮށް ދެ ޕާޓީގެ އިސްވެރިން ޝުއޫރު ފާޅުކުރި އިރު އިހުތިޖާޖުގެ ބައިވެރިން ތިބީ ސަރުކާރާއި ދެކޮޅަށް ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ.
ރޭގެ އިހްތިޖާޖްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މަޖިލީސް މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ހުރި ދަތިތަށް ފިލުވުމަށް އެންމެ ގިނަ މަސައްކަތް ކުރެއްވި އަދި ކުރައްވަމުންދާ ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްކަމަށެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ހައްލު ހޯދައިދޭން ހުރީ މާގިނަ ކަންތައް ތަކެއް ނޫން ކަމަށެވެ. މަސްވެރިންނަށް ހުރި ގޮންޖެހުން ތަކަކީ ރަނގަޅަށް އައިސް ނުލިބުމާއި މަސްވެރިން ބޭނުންވާ އަގުގައި ތެޔޮ ނުލިބުމާއި، މަސްވެރިން މަސް ބާނައިގެން އައުމުން ކިރާ ނުލެވުމާއި، ކިރާ މަސް ކޮޅަށް ފައިސާ ނުލިބުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ