- Advertisement -ad image

ޕީޕީއެމަކީ ވޯޓު ހޯދުމުގެ ބޭނުމުގައި ނުފުއްދޭނެ ވައުދުތައްވާނެ ޕާޓީއެއްނޫން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ޕީޕީއެމަކީ ވޯޓު ހޯދުމުގެ ނަމުގައި ނުފުއްދޭނެ ވައުދުތައްވެ ރައްޔިތުން ގުނބޯ ހައްދާނެ ބައެއް ނޫން ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު މިހާރު އުތުރަށް ކުރައްވައްމުންގެންދަވާ ޚާއްޞަ ދަތުރުފުޅުގައި މިރޭ ހއ.އިހަވަންދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމަކީ ރައްޔިތުންނަށް އިހުތިރާމް ކުރާ ބައެއް ކަމަށެވެ.

އަދި ޕީޕީއެމަކީ ރައްޔިތުންނަކީ ތަނަވަސް ވިސްނުމަކުން ވިސްނާ ބައެއްކަން ޤަބޫލުކުރާ ބައެއް ކަމަށާއި ޕީޕީއެމާއި އެމްޑީޕީއަކީ ފިކުރުގެ ގޮތުން ތަފާތު ދެ ޕާޓީކަމަށެވެ.
ޕީޕީއެމަކީ ވޯޓު ހޯދުމުގެ ބޭނުމުގައި ނުފުއްދޭނެ ވައުދުތައްވެ، ރައްޔިތުން މެދު އުޑާ ހަމައަށް އުފުލުމަށްފަހުގައި ފިޔަ ކޮށައިލާނެ ޕާޓީއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ޕީޕީއެމުން އަންނަނީ އެ ޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ ތަންފީޒުކުރާނެ ސިޔާސަތުތަކާއި ރަށްރަށަށް ކޮށްދޭނެ ކަންކަމާ ގުޅޭ ކަރުދާހެއް އެކުލަވައިލަމުން ކަމަށެވެ.
އެގޮތުން އެކި ދާއިރާތަކުގެ އިސް ފަރާތްތަކާއެކު މަޝްވަރާކޮށް އެ ފަރާތްތަކަށް ކުރިމަތިވެފައިހުރި ދަތިތަކާއި ކަންބޮޑުވުންތަކާ ގުޅޭ މައުލޫމާތާއި ޚިޔާލު އެއްކޮށް އެކަންކަމުގެ މައްޗަށް މެނިފެސްޓޯއެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރައްވަމުންގެންދަވާކަން ރައީސް ޔާމީނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން އިހަވަންދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި ޚާއްޞަކޮށް އިހަވަންދޫގެ އޮޑިވެރިން އޮޑިފަހަރު ވިއްކަމުން އަންނަކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށާއި، އެހެންކަމުން މަސްވެރިންގެ ކަންބޮޑުވުންތަކާއި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވައި އެކަންކަމަށް ހައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީން ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ