- Advertisement -ad image

ވަގުން ތިބީ މިސަރުކާރުގައި، އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނީ އަޅުގަނޑުމެން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ އެފްޕީއައިޑީއާއި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަވެސް ބަލާނީ ޕީޕީއެމްގެ ވެރިކަމެއްގައި ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
މިރޭ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ވައްކަންތަކާއި މި ސަރުކާރުން ހިންގަމުންދާ ވައްކަންތައް ބަލާނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށެވެ.
އަދި މިހާރު ފެންނަމުންދަނީ ކުރިން ކޮށްފައި ހުރި ވައްކަންތަކާއި އަދި މިހާރު ކުރަމުންދާ ވައްކަންތަކުގެ ހަގީގަތް ހޯދާ އެކަން ބަލަން ނުކެރި މި ސަރުކާރު ފަސްޖެހެމުންދާތަން ކަމަށް ރައީސް ޔާމީން ވިދާޚުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެފްޕީއައިޑީއާއި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލަން މިސަރުކާރަށް ނުކެރިގެން އުޅޭ ވަރަަސް ގިނަ ސަބަބުތައް އެބަހުރި ކަމަަށެވެ.
އެގޮތުން އެފްޕީއައިޑީގައި ޝާމިލުވާ މިސަރުކާރުގެ ވެރިންގެ ތެރެއިން ޑިފެންސް މިނިސްޓަރ މާރިޔާދީދީއާއި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އަދި ބޮޑެތި އަދަދުތަކާއެކު ފައިސާގައިޖެހުނު އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ކޯލިޝަން ވެރިންގެ މައްސަލަ މިސަރުކާރަށް ބަލަން ނުކެރޭނެކަމަށެވެ. ނަމަވެސް މިވައްކަންތައް ބަލަންކެރޭނީ ޕީޕީއެމްގެ ސަރުކާރަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ