- Advertisement -ad image

ޒާތީ އެއްވެސް ހަސަދައެއް އިންޑިއާ އަކަށް ނެތް، އިހުތިރާމް ލިބިގެންވާ ބައެއްގެ ގޮތުގައި ގުޅުން ބޭއްވޭނެ: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

އަވަށްޓެރި އިންޑިއާ އާ އެއްވެސް ޒާތީ ހަސަދައެއް ނެތް ކަމަށާއި ހަމަހަމަ ކަމާއި އިހުތިރާމް ލިބިގެންވާ ބައެއްގެ ގޮތުގައި ގުޅުން ބޭއްވޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
މިހާރު ހއ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ މިއަދު ތުރާކުނަށް ވަޑައިގެންފައެވެ.
ތުރާކުނު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އިންޑިއާ އާ އެކު ބޭއްވޭނީ ރަސްމީ ގުޅުން އެކަނި ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ މަސްވެރިކަން އުވިދާން ދޫކޮށްލުމުގެ ބަދަލުގައި އެ ސިނާއަތު ދިރުވާ ތަފާތު ދެއްކުމަށް އެމަނިކުފާނަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަދި ތުރާކުނު ފަދަ ދުރުގައި ހުރި ކުދި ރަށްތައް ޕީޕީއެމްގެ ސަރުކާރެއްގައި ތަރައްގީ އިން މަހުރޫމް ވެގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ލާ ވޯޓަކީ ގައުމުގެ ހައްގުގައި ލާ ވޯޓަކަށް ހެއްދެވުމަށް އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ