- Advertisement -ad image

އަންނަ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ދިވެހިވަންތަ ކަމާއި ގައުމިއްޔަތު ދިފާއު ކުރަން ލިބޭނެ ފަހު ފުރުސަތު: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ދިވެހީންނަށް ގައުމުގެ މުސްތަގްބަލާމެދު ގޮތް ނިންމަން ލިބޭނެ ފަހު ފުރުސަތު ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
ހއ.ކެލާގައި، ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖެ އަކީ، ދިވެހިވަންތަ ސިފަތަކެއް ލިބިފައިވާ ގައުމެއްތޯ ނުވަތަ ނޫންތޯ، އަންނަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ނިންމާނެ ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން، ދިވެހިންނާ ދިވެހީންގެ ރާއްޖެ ”އަލްވަދާއު“ ކިޔާފާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
ރައީސް ޔާމީން ވަނީ ސަރުކާރުން ކަން ކުރަނީ އަވަށްޓެރި އިންޑިއާއިން އަންގާ ގޮތަށް ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އަދި ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާޓީތައް މިއަދު ސަރުކާރާއެކު ތިބީ މަގާމުތަކުގެ ބޭނުމުގައި ކޮންމެ ގޮތެއްވެސް ވަރިހަމަކޮށްލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ގައުމު ސަލާމަތް ކުރުމަށް ޕީޕީއެމުން ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ