- Advertisement -ad image

ބާރަށުގެ ރައްޔިތުން ތިބީ މިނިވަންކަމުގެ ދިފާއުގައި ކަން ދައްކާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި އަބަދުވެސް ތެދުވާނެކަން ވާރަށުގެ ރައްޔިތުން ދައްކާލައިފިއެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯ ތައްޔާރު ކުރެއްވުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބާރަށަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ ޕީޕީއެމްގެ ވަފުދަށް ހޫނު މަރުހަބާއެއް ދަންނަވާ ބާރަށަކީ އަބަދުވެސް ރާއްޖޭގެ މިނިވަންކަން ދިފާއު ކުރާނެ ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ދައްކާލާފައެވެ.

އެގޮތުން އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ރައީސް ޔާމީން ފައްޓަވާފައިވާ އިންޑިއާ އައުޓޫގެ ހަރަކާތްތައް ގާނޫނަކުން ރައީސް ސޯލިހު މަނާ ކުރައްވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަފައިވަނިކޮށްވެސް ބާރަށުން ވަނީ މިނިވަންކަމުގެ ދިފާއުގައި ދިވެހިން ކެމްޕެއިންގެ ހަރަކާތެއް ރައީސް ޔާމީންއާ އެކު ކުރިއަށް ގެންގޮސްފައެވެ.
އެ ހަރަކާތުގައި ބާރަށުގެ ރައްޔިތުން ދަމާފައިވާ ބެނަރގައި ވަނީ “ބޭރު ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ބާރަށު ރައްޔިތުން ވެސް ދެކޮޅު” މިޝިއާރެވެ. އަދި އިނގިރޭސިބަހުން “ވީ އާ އެގެއިންސްޓު ދަ ޕްރެސެންސް އޮފް ފޮރިން ޓްރޫޕްސްއިން މޯލްޑިވްސް” ޖަހާފައިއޮތެވެ.
ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ބާރަށު ރައްޔިތުން އަބަދުވެސް ތެދުވާނެކަން ދައްކާލާފައިވާއިރު، އެ ރަށަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ބޭނުންކުރި އޮޑި، ކަޅުއޮއްފުންމި ބަނދެފައިވާ ރަށްކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މިވަގުތު މިރާއްޖޭގަ ހުރި އެއްމެ ވަރުގަދަ ސިއާސީ ލީޑަރަކީ ރައީސް ޔާމީން ކަން އަޅުގަޑު ގަބޫލު ކޮއްފިން
    މީވަރުގަދަ ލީޑަރެއް ކަން މިގައުމުގެ ހުރިހާ ރައްޔަތުން
    ގަބޫލުކުރާނެ މިހާރު މިގައުމުގެ ހުރިހާ ބޭފުޅުންވެސް ބޭނުން ވާނީ ރައީސް ޔާމީންކަން އެގޭހުރިހާ ބޭފޅުންވެސް މަސަށްކަތް ކުރަންވާނީ 2023ގަ ރައީސް
    ޔާމީން ވެރިކަމައް ގެނައުން

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ