- Advertisement -ad image

ޓޮމްގެ ތުހުމަތެއް: އަލީ ޒާހިރު ދަނީ ފައިސާ ނަގައިގެން އަދަބު ލުއިކޮށްދިނުމުގެ މަސައްކަތް ކުރަމުން!

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގެންދަވަނީ ފައިސާ ނަގައިގެން ގައިދީންގެ އަދަބު ލުއިކޮށްދީ މާފުދިނުމުގެ މަސައްކަތް ކުރަމުން ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ތުހުމަތު ކުރައްވައިފިއެވެ.

ތޯރިގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމުހޫރިއްޔާ އޮފީހުން ނިންމާ ނިންމުންތައް، ބާޒާރުގައި އަގު ނަގާ އުސޫލުން އަގު ނަގައިގެން ޗީފް އޮފް ސްޓާފު އަލީ ޒާހިރު އަންނަނީ ވިއްކަމުން ކަމަށެވެ.
އަދި މިކަން ހުއްޓުވާދިނުމަށް ތާރިގު އެދިވަޑައިގެންފާ ވާއިރު މި ޓުވީޓްގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ޓެގްވެސް ކުރައްވާފައެވެ.

މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ހުކުމުގެ ވަކި މިންވަރެއް ތަންފީޒުކޮށް ނިމިފައިވާ މީހުންނަށް މާފު ދިނުމާއި އިސްތިއުނާފު ކުރުމުގެ ފުރުސަތު ގެއްލިފައިވާ މީހުންގެ އަދަބު ލުއި ކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެން ވެއެވެ.

އެގާނޫނުގެ ދަށުން ހުކުމް މާފު ކޮށްދިނުމާއި އަދަބު ލުއި ކުރުމުގެ ގޮތުން ކުރަން ޖެހޭ އިދާރީ ކަންކަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ