- Advertisement -ad image

އަލީ ޒާހިރު ވިދާޅުވީ ލައިވް ކުރާއިރުވެސް ރައީސް ޔާމީންގެ ޝަރީއަތް ބަލަން ވަގުތުނުވާ ކަމަށް!

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތްތައް އެކި މަންސަތަކުން ލައިވް ކުރަމުންދާއިރުވެސް ބަލާލާނެ ފުރުސަތު ނުލިބޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު މިހެން ވިދާޅުވީ، ރައީސް ޔާމީން ކުރެއްވެ ތުހުމަތަކާ ގުޅިގެންނެވެ.
އެގޮތުން ރައީސް ޔާމީން މިހާރު ހއ ގެ ރަަށްތަކަަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބާރަށު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އަދާލަތު ޕާޓީގެ އަލީ ޒާހިރު އެމަނިކުފާނުގެ ޝަރީއަތް ހިނގަމުންދާ ގޮތް އިރު އިރުކޮޅާ ބަލަން ޖެހެނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

މިކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި އަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީން އާ މެދު ނެތް ޝައުގުވެރިކަމެއް އެމަނިކުފާނުގެ ޝަރީއަތަކާ މެދު އަމުދުން ނެތް ކަމަށެވެ.
އަދި ޔޫޓިއުބް އިން ލައިވް ކުރާއިރުވެސް ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތް ބަލާލުމުގެ ފުރުސަތު ނުލިބޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އަބަދުވެސް ދަނީ އެކި ޝަރީއަތްތަކާއި މިފަދަ އެކި ކަންކަމަށް އަލީ ޒާހިރު ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ