- Advertisement -ad image

މިހާރު މި އޮތީ ފިނޑި ސަރުކާރެއް: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް


މިހާރު މި އޮތީ ފިނޑި ސަރުކާރެއް ކަމަށާއި ރައްޔިތުންގެ ޝުއޫރުތައް ފާޅު ކުރުން ބަންދު ކުރާނީ މާދަމާ ކަމެއްވެސް ނޭންގޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
ހއ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަށަފަރަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އޭރު ނެތް އެތައް ހައްގުތަކެއް ދިނުމުން ނޫނީ ރާއްޖެ ކުރިއަށް ނުދާނެ ކަމަށް ބުނި މީހުން މިހާރު މިދަނީ ހުރިހާ ހައްގެއް ހިފަހައްޓަމުން ކަމަށެވެ.
‘ ވެރިކަން ދަމަހައްޓަން ދައްކަނީ ބާރު، ފުލުހުންގެ ބާރު، މަދުން ނަމަވެސް ސިފައިންގެ ބާރު، އިހުތިޖާޖު ކުރާކަށް ފޮތިގަނޑެއް ދަމާކަށް ޖާގައެއް ނުދޭ ‘ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އަޅުގަނޑުމެން ރައްޔިތުން ދެކެ ލޯބިނުވާ މިންވަރަކަށް މަސްލަހަތު ދަމަހައްޓަން ބޭނުންނުވާ މިންވަރަކަށް ބޭރު ބަޔަކު އިސް ކުރާނެ ކަމަަށް ދެކެންވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ