- Advertisement -ad image

ދެންވެސް ވައުދުވެ، ވައުދު ފުއްދޭނީ ރައީސް ޔާމީނަށް: ޕީޕީއެމް

ad image

ގުޅުންހުރި ލިޔުންތައް

ދެންވެސް ވައުދުވެ ވައުދު ފުއްދޭނީ ރައީސް ޔާމީނަށް ކަމަށާއި މިސަރުކާރަކީ ވެފައިވާ ވައުދުތައް ފުއްދޭނެ ސަރުކާރެއް ނޫންކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ރައީސް ޔާމީން ބިނާކުރެއްވި ބޮޑެތި އިމާރާތްތައް ރަހުނުކޮށް ލޯނުނަގައިގެންތިބެ ރައީސް ޔާމީން ވައުދުވާނެ ކަމެއް ނެތޭ ކީމަ އަންނަނީ ހިނި ކަމަަށެވެ.

އަދި އެއްއަތުން ރައީސް ޔާމީން ފެއްޓެވި މަޝްރޫޢުތަކުގެ ރިބަންފަށް ކަނޑަމުން، އަނެއްއަތުން މައިކު ހިފައިގެން ތިބެ ރައީސް ޔާމީން ވައުދުވާނެ ކަމެއް ނެތޭ ކިޔަސް ދެންވެސް ވައުދުވެ ވައުދު ފުއްދޭނީ ރައީސް ޔާމީނަށް ކަމަށް ހީނާ ވިދާޅުވިއެވެ.

ހިނާ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން ރައީސް ޔާމީން ވަމުންދާ ބައެއް ވައުދުތަކާއި ގުޅޭގޮތުން ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ މިދައުރު ނިމޭއިރު އަސާސީގޮތުން ރާއްޖޭގެ އެއްވެސް ރަށަކަށް ޤާއިމްކޮށްދޭންޖެހޭ ހިދުމަތެއް ނޯންނާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ