- Advertisement -ad image

އިންތިހާބުގެ ކުރިން ރައީސް ޔާމީން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވަނީ

ad image

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން އަތޮޅު ތެރޭގެ ރަށްތަކުގެ ހާލަތު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅުތައް ވަރަށް ކާމިޔާބު ކަމަށާއި މިއަހަރުގެ ކުރިއަށް އޮތް ދެމަހަށްވެސް ގިނަ ދަތުރުތަކެއް ރޭވިފައިވާ ކަމަށެވެ.


އެގޮތުން އެންމެ އަވަހަށް ދެން ވަޑައިގަންނަވާނީ ނ.އަތޮޅުގެ ރަށްތަކަށް ކަމަށާއި އެއަށްފަހު ގދ. އަތޮޅުގެ ރަށްތަކަށާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ދަތުރު ތަކުގައި އަންނަ އަހަރަކީ ގިނަ ދަތުރުތަކެއް ޝެޑިއުލް ކުރެވިފައިވަ އަހަރެއް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ނ އަތޮޅުން ރައީސް ޔާމީން ވަޑައިގަންނަވާނީ:
ކެނދިކުޅުދޫ
މަނަދޫ
ހޮޅުދޫ
ވެލިދޫ
މިލަދޫ
މަގޫދޫ

ޕްރޮގްރެސިވް ކޮންގްރެސްގެ ރިޔާސީ ކެނޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެންމެ ފަހުން ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
އެދަތުރުގެ ސަބަބުން ހއ. އަތޮޅުގެ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވިގެން ދިޔަކަމަށް ވެސް އިދިކޮޅުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ