- Advertisement -ad image

އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް ބޮޑުބޭބެގެ އެދުމަށް ދޫކޮށްނުލާކަން ސާބިތުކޮށްދޭންޖެހޭ: ގާސިމް

ad image

ގުޅުންހުރި ލިޔުންތައް

ތިމާގެ އަމިއްލަ މުދަލެކޭ ހިތައި އެހެން ބައެއްގެ މިލްކެއް ބޮޑުބޭބެގެ އެދުމަކަށް ދޫކޮށްނުލާކަން ސާބިތުވުމަށް ދިވެހިން އެދޭ ކަމަށް ޖުމުހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މާމިގިނލިީގެ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން އަންނަ ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ޗާގޯސްގެ މިލްކުވެރިކަމާމެދު މޮރިޝަސްއިން ކުރާ ދައުވާގެ މައްސަލާގައި ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ވިސްނުން ބަދަލުކުރިކަން ސަރުކާރުން ހާމަކުރުމާ ގުޅިގެން މިއަދު ހިއްސާކުރެއްވި ލިޔުއްވުމެއްގައެވެ.
އެގޮތުން އެ ލިޔުމުގައި ބުނެފައިވަނީ ދިވެހިން އެދެނީ ދިވެހި ސަރުކާރުން، ރާއްޖޭގެ އަންނަން އޮތް ޖީލުތަކުގެ މަސްލަހަތުގެ ހިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއްވެސް އިހުލާސްތެރި ކަމާއެކު ކުރާތަން ފެނުން ކަމަށާއި ފީނެން އޮތް އެންމެ ފުނަކަށް ފީނާތަން ދެކުން ކަމަށެވެ.

“ ރާއްޖޭގެ ބިން އެކަންޏެއްނޫން، ރާއްޖޭގެ ޖައްވާ ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއްވެސް ގެއްލޭކަށް ނޫނީ ބަޔަކަށް ދޭކަށް، ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ” އެ ލިޔުމުގައިވެއެވެ.
ގާސިމް އިތުރަަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ އިން ވަކިކުރިއަސް ބައިނަލް އަގުވާމީ ގާނޫނުން ރާއްޖެއަށް ލިބޭ އެއްވެސް ހައްގެއް އިމްތިޔާޒެއް އަދި ނެގެން އޮތް އެޑްވާންޓޭޖެއް ދޫކޮށްލުމަކީ، ދިވެހި ރައްޔިތުން ހުއްދަ ނުދޭހާ ހިނދަކު އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

“ ގާނޫނު އަސާސީގެ ރޫހަކީވެސް އެއީ. ދިވެހިރާއްޖެއާއި ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކި ކުރުމުގެ މައްސަލާގައި އޮތް ހަމައެކަނި ހައްލަކީ ‘ އިކްއިޑިސްޓޭންސް ‘ ގެ އުސޫލު ކަމަށް ދެކި، ބަޔަކު ހަމަ އެދޭ އިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލާލުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަކަަށް ނުފެނުނު’ ލިޔުމުގައިވެއެވެ.

އަންޒަމާނުއްސުރެ ކަނޑުރޯއްޖަށް ބަރޯސާވާ ދިވެހިރާއްޖެއާއި، ފާއިތުވި ބައި ޤަރުނުގައިވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަޤުބަލުގައިވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު ތަނަކާ ދެމެދުގައި އިންވަކިކުރާ ތަނަކާ ދެމެދު އޮތް ސަރަހައްދެއްގެ ކަމަށް ވާތީވެސް ގާސިމް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އދ.ގެ ކަނޑުގެ ޤާނޫނުގެ ހަމަތަކުން ބަލާއިރު 200 ނޯޓިކަލް މޭލު ރާއްޖެއަށް ހޯދަން އެދެވޭނެ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ