- Advertisement -ad image

ޗާގޮސް މައްސަލާގައި ރައީސް ‘ ރިއެކްޓް ‘ ނުކުރައްވާތީ ޣައްސާން ކަންބޮޑުވުން ފާޅުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ޗާގޮސް މައްސަލައިގައި ރައްޔިތުން ހާސްކަމެއްގެ ތެރޭގައި ތިބިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު މިއަދާ ހަމައަށްވެސް ރިއެކްޓްނުކުރައްވާތީ ޕީޕީއެމްގެ ނައިބު ރައީސް، ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިމައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެނެވެ. އެކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރަހައްދުން ބައެއް ދީލައި ނުލެވޭނެ ކަމަށާއި ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ.
“ރައްޔިތުން ހާސް ކަމެއްގައި، ރިއެކްޓު ކޮށްލަދެއްވަން އަދަބުވެރިކަމާއެކު އިލްތިމާސްކުރަން،” ޣައްސާން ވިދާޅުވި އެވެ.
ޗާގޮސްގެ ސިޔާދަތާ ގުޅޭ މި މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެފެދިފައިވާ، އެހެންނަމަވެސް ޙައްލުކުރެވިފައިނުވާ މައްސަލައެކެވެ.
އަދި 23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ) ގެ ދަށުން މައްސަލައެއްވަނީ ހުށަހަޅާފައެވެ.
އެ މައްސަލައިގައި، މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިޙްތިޞާޞް ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް އިޖުރާއީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ނަމަވެސް ޓްރައިބިއުނަލުން 28 ޖަނަވަރީ 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ