- Advertisement -ad image

ރާއްޖޭގެ ސަރަހައްދު ދިވެހި ނެވިން ބަޔާން ކުރަނީ ފޯޅަވަހިއާއެކު: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް

ފޯޅަވަހިއަކީ މިވަގުތު ވަކި ގައުމެއްގެ ތަނެއް ނޫން ކަމަށާއި އެތަން ބަލަހައްޓަމުން އަންނަނީ އިނގިރޭސީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، ފޯޅަވަހި އަކީ ރާއްޖޭގެ ތަނެއް ނޫނޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށާއި ފޯޅަވަހި އަކީ ޗާގޮސް އަތޮޅުތަކުގެ ތެރެއިން އަތޮޅެއް ކަމަށެވެ.
އަދި ޔޫރަޕް މީހުން އެތަނަށް ކިޔަން ފެށީ ‘ ޕެރޮސް ބެންހޮސްގެ ‘ ނަމުން ކަމަށް ނަޝީދު ވިދާަޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، އިހުޒަމާނުގައި ފޯޅަވެހި އެއީ މީހުން ދިރިއުޅޭ ތިޔާގި ރަށެއް ކަމަށާއި 1500 ގެ އަހަރު ތަކަަށް ފަހުކުރަހަމުން އައި ގިނަ ދިވެހިރާއްޖޭގެ ޗާޓްތަކުގައި އައްޑޫގެ ދެކުނަށް އެވާ އަތޮޅަކީ ފޯޅަވަހި ކަމަށެވެ.
އަދި 1560 ވަނަ އަހަރު 9 ވަނަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި އެ ރަދުން ބަޔާން ކުރައްވަނީ ފޯޅަވަހީގެ 7 ރަށް އެއީ ރާއްޖޭގެ ރަށްރަށުގެ ގޮތުގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
‘ ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާން ކުރަނީ ފޯޅަވަހި އާއެކު’ ނަޝީދު ވިދާޅުވިއެވެ.
ފޯޅަވަހި އަކީ ރާއްޖޭގެ ރަށެއް ކަމަށް ބުނުމަށް ކިތަންމެ ތާރީހީ އަދި ސަގާފީ ގުޅުމުގެ ހެކި އެބަހުރި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ