ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ނ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ކެނދިކުޅުދޫ ކަމަށް އެޕާޓީން ބުނެފިއެވެ.
އެގޮތުން ޕީޕީއެމުން ބުނީ ނ އަތޮޅުގެ ފަސް ރަށަކަށް ރައީސް ޔާމީން ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
މިއަދު މެންދުރު އެމަނިކުފާނު ނ ކެނދިކުޅުދޫއަށް ވަޑައިގަންނަވާއިރު ހަވީރު ރައީސް ވަޑައިގަންނަވާނީ ހޮޅުދޫއަށެވެ.
ޕީޕީއެމުން ބުނީ މިދަތުރުފުޅުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާ ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށެވެ.
އަދި ރިޔާސީ އިންތިޚާބުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުން ކަމަށެވެ.
މީގެ އިތުރުން ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަކޮށް، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުން ކަމަށްވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީން ބުނެއެވެ.



