- Advertisement -ad image

މުއްދަތު ހަމަވެފައި ހުއްޓާ އޮޅުވާލައިގެން ބާސްމަތީ ހަނޑޫ ވިއްކަނީ

ad image

ގުޅުންހުރި ލިޔުންތައް


މުއްދަތު ހަމަވެފައި ވަނިކޮށް އޭގެ މަތީ ސްޓިކާ ހަރުކޮށްގެން ބާސްމަތީ ހަނޑޫ ވިއްކަމުންދާތީ ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ޕާކިސްތާނުގެ އުފެއްދުމެއް ކަމަށްވާ “އަލްޤަމަރު ގޯލްޑް ޕްރީމިއަމް އެރޯމަޓިކް ވައިޓް ބާސްމަތީ ރައީސް” ބާސްމަތީ ހަނޑޫ ބްރޭންޑުގެ މުއްދަތު ހަމަވެފައިވާ ޕެކެޓުތަކެއް ވިއްކަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި، މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ވިއްކަމުން ދަނީ ފަސް ކިލޯގްރާމްގެ ޕެކެޓުތަކެކެވެ.

“މި އޮތޯރިޓީން ބެލި ބެލުމުގައި އެ ޕެކެޓުގައިވާ މުއްދަތު ހަމަވާ ތާރީހު ހަމަވުމުން އޭގެ މަތީގައި ސްޓިކާ އެއް ހަރުކޮށް އެ ތާރީހަށް ބަދަލު ގެނެސްފައިވެއެވެ.” ބަޔާނުގައި ވެއެވެ.

މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ކާބޯތަކެތީގެ ފެންވަރު ދަށްވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ބޮޑުސޯބު އެނބުރޭގޮތަށް ކުދިސޯބުތައްވެސް އެނބުރޭނީ، އަނިޔާވެރި ވެރިކަމެއްގާ ފެންނާނެ ހުރިހާ ދެރަކަމެއް ފެންނަމުން މި ދަނީ، ބނޑުފުރާނަ މުއްތިކުރަން ކޮއްމެ އެއްޗެއްވެސް ކާންޖެހިފަ މިހާރު މިއޮތީ، ވިޔަފާރިވެރިންވެސް ދަރާވިކިހުސްވެއްޖެ އެވެރީންވެސް އެބަލަނީ ވިޔަފާރި ކުރެވޭތޯ ލާރިފޮއްޗެއް ލިބޭތޯ، ރައިއްޔަތުން އެ ބަލަނީ ކޮނއްމެ އެއްޗެއް ކަިގެންވެސް ކޮޅަށްހުރެވޭތޯ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ