- Advertisement -ad image

ޗާގޮސް މައްސަލަ: ބަންޑާރަ ނައިބު އަޒުލުކުރާ ހިސާބުން ފައިސާ ނެގި މީހުން ހާމަވާނެ: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ބަންޑާރަ ނައިބު އިބްރާހިމް ރިފުއަތު އަޒުލް ކުރަންޖެހޭ ކަމަށާއި އެކަން ކުރާ ހިސާބުން ރާއްޖޭގެ ކަނޑުތައް ވިއްކާލި މީހުން ހާމަވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕިއެމްގެ މެނިފެސްޓޯ އެކުލަވާލުމަށް އަތޮޅުތެރޭގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެމނަިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ. އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، އުތުރު ތިލަފަޅު އެއްބަސްވުންވެސް ރައްޔިތުންގެ ހާދިމުންނަށް ސިއްރުކޮށް ފޮރުވިހެން ޗާގޯސް މައްސަލަވެސް ސަރުކާރުން ގެންދަނީ މަޖިލީހަށް ސިއްރުކޮށް ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި ނެތް ބާރެއްގެ ބޭނުންކުރައްވައިގެން އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ރައްޔިތުންގެ މުދަލާ ގައުމުގެ ހަރު މުދަލަށް ހިޔާނަތްތެރިވެވަޑައިގަންނަވަމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

” އަޅުގަނޑު ދަންނަވާނީ ޖީއެމްއާރުއަށް ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލި އުސޫލުން މި ސަރުކާރުން ވާނީ ޗާގޯސް މައްސަލައިގައިވެސް އިންޑިއާ އަތުން ނެގި ބަޔަކު ފައިސާ ނަގައިގެން ރާއްޖޭގެ ކަނޑު ވިއްކާލައިފިއޭ ” ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރައްޔިތުންނަށް އޮޅުވާލާ ސަރުކާރުން ސިޔާސީ މަންފާތައް ހާސިލްކުރަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް 2023ގައި ޕީޕީއެމްއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ