- Advertisement -ad image

ދީނުގެ ސައްހަ އަގީދާއާއި، ވަތަންގެ މިނިވަންކަން ރައީސް ދަމަހައްޓަވާނެ: އިމްރާން

ad image

ގުޅުންހުރި ލިޔުންތައް

އިސްލާމް ދީނުގެ ސައްހަ އަގީދާ ހިމާޔަތްކުރުމަށާއި, ވަޠަންގެ މިނިވަންކަމާއި, އިސްތިޤުލާލް ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ހޯމް މިނިސްޓަރ ވިދާޅުވީ، އަޅުގަނޑުމެންނަކީ މީސްކޮޅު މަދު ކުޑަ ޤައުމެއް ނަމަވެސް, އަދި އިޤްތިޞާދު ކުޑަނަމަވެސް ގޮންޖެހުންތަކާއި, ދަތިތަކާއެކުވެސް އިސްލާމް ދީނުގެ ނިއުމަތަށް ވިސްނައިފިނަމަ އަޅުގަނޑުމެންނަށްވުރެ ވަކިން ބޮޑު ނިއުމަތެއްގައި އޮތް ޤައުމެއް ދުނިޔޭގައި ނެތްކަމަށެވެ.

” އެހެންކަމުން އެގޮތުގެ މަތީގައި ދެމިތިބުމަށްވުރެ ހެޔޮކަމެއް އަޅުގަނޑުމެންނަށް ނެތް. އެގޮތުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން ސަލާމަތްވުމަށްވުރެ ވަކިން ބޮޑު މަސައްކަތެއް އަޅުގަނޑުމެން ކުރާކަށް ނެތް.” މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު މިހާލަތުގައި އިސްލާމް ދީނުގެ ސައްހަ އަޤީދާ ހިމާޔަތްކުރުމަށާއި, ޤައުމުގެ މިނިވަންކަމާއި, އިސްތިޤުލާލު ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ