- Advertisement -ad image

ކުރީގެ ހުރަވީ ބިލްޑިން ހުރި ބިމުގައި ސައިކަލު ޕާކިންޒޯން ކުރަހަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ކުރީގެ ހުރަވީ ބިލްޑިން ހުރި ބިމުގައި ސައިކަލް ޕާރކިން ޒޯން ކުރެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަން ފަށައިފިއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުރަވީ ބިކްޑިން ހުރި ބިމުގައި ކުރަހަނީ 226 ސައިކަލުގެ ޕާކިން ޒޯނެއް ކަމަށެވެ.
އެގޮތުން ޕާކިން ޒޯން ކުރެހުމުގެ މަސައްކަތް ކުރަމުންދަނީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
ހުރަވީ ބިލްޑިން ތަޅާލާ އެ ބިން ސާފު ކުރުމަށްފަހު އެތަނުގައި ކޮންމެވެ ވެހިކަލް ޕާކް ކުރެވޭ ގޮތަށާއި، މުނިފޫހިފިލުވާލެވޭ ގޮތަށް ޕާކެއް ހެދުމަށް ނިންމާ އެ މަސައްކަތް ސަރުކާރުން ފެށީ މިއަހަރުގެ އޮގަސްޓް މަހުއެވެ.

ވަރަށް ބޮޑަށް ބާވެ ބޭނުން ނުކުރެވޭ ވަރުވެފައިވާ އަދި ގާތްގަނޑަކަށް 40 އަހަރުވެފައިވާ ހުރަވީ ބިލްޑިންގައި 2021 ވަނަ އަހަރާ ހަމައަށްވެސް ދައުލަތުގެ ބައެއް އޮފީސްތައް ހިންގާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ