- Advertisement -ad image

މިވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ގެއްލިއްޖެ: ޑރ ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާަޅުވެއްޖެއެވެ.
ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ސާލިހު ހެއްދެވީ އިތުރުފުޅު ކަމަށާއި ދެ ގައުމު އެއްބަސްވެގެން ރާއްޖެ ސަރަހައްދު ދޫކޮށްލީ ކަމަށެވެ.
“ ސިޔާދަތު ވިއްކި ކަމަށް އިއުތިރާފުވެއްޖެ. ދިވެހިންގެ ލޭ ވެރިން ހަވަރަށްދޭ ވަރަށް ހޫނުވޭ. މިއީ އެންމެ ބޮޑު އަދަބު ޙައްގު ކުށް “ ޑރ ޖަމީލް ވިދާޅުވިއެވެ.
އަދި ރައީސްގެ ރޭގެ ތަގުރީރުން ސާފުވަނީ ޤާނޫނުއަސާސީގެ 115 މާއްދާގައި ބުނާ، ޤާނޫނާ އެއްގޮތަށް ކަންތައްކުރުމާ ހިލާފުވެފައިވާ ކަން ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
‏މީގެ އިތުރުން ޤާނޫނުއަސާސީގެ 251 މާއްދާގައި ބުނާ ބޭރު ފަރާތްތަކަށް ނުދިނުމާ ޚިލާފްވެފައިވާކަން ކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
‏” ހުވަޔާ ޚިލާފްވެފައިވާކަން. މިވެރިކަމުގެ ޤާނޫނީ ހައިސިއްޔަތު ގެއްލިއްޖެ “ ޑރ ޖަމީލް ކުރެއްވި ޓުވީޓްގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ