- Advertisement -ad image

ބައެއް ކަންކަން މަޑުޖެހިފައި ވަނީ ސަރުކާރުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭތީ: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދަން ބޭނުންވާ މައިގަނޑު ބައެއް ކަންކަން ހުރީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މަޑުޖެހިފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާަޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅިގެން މޭޔަރ ވިދާޅުވީ ކައުންސިލްގެ މައިގަނޑު ބައެއްކަންކަން ހުރީ ސަރުކާރުގެ ތެރެއިން ބައެއް ކަންކަމުގަ ލިބެންޖެހޭ އެއްބާރުލުން ނުވަތަ ކަންކަމުގަ ކުރިއަށް ދިއުމުގަ ލިބެންޖެހޭ ސަޕޯޓް ނުލިބުމުގެ ސަބަބުން މަޑުޖެހިފައި ކަމަށާއި، އެކަންކަން އެހެން ވުމަކީ އެއްގޮތަކަށްވެސް ރަނގަޅުގޮތެއް ނޫންކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރަނީ ޤާނޫނުން ކައުންސިލްތަކާއި މަތިކޮށްފައިވާ ޒިންމާ ވީހާވެސް ރަނގަޅަށް އަދާކުރެވޭތޯ ކަމަށާއި މިދިޔަ އަހަރު މެއި މަހުގެ 17 އިންފެށިގެން މިއަދާ ހަމަޔަށް މިވީ މުއްދަތުގެ ތެރޭގަ ވަރަށް ގިނަ މަސައްކަތްތައް ކުރެވޭތޯ ބަލާފައިވާނެ ކަމަށާއި އޭގެތެރެއިން ބައެއްކަންކަން ހާސިލް ކުރެވިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ ކައުންސިލެއް ހޮވަނީ ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ އުންމީދުތަކެއްހުރީމަ ޤާނޫނީ އިމުގެތެރެއިން ރައްޔިތުންއެދޭ ކަންކަން ކޮށްދިނުމަށްޓަކައި ކަމުގައިވާއިރު، އެކަންކަމުގައި ސަރުކާރުގެ ތެރެއިން ދެއްވަންޖެހޭ އެއްބާރުލެއްވުމަކީ ސަރުކާރުގެތެރޭން ދެއްވަންޖެހޭ އެއްޗެއް ކަމަށާއި، އެއީ އިޚްތިޔާރެއްގެ ގޮތުގައި އޮންނަންޖެހޭ ކަމެއްނޫން ކަމަށެވެ.

ކައުންސިލް ހިންގުމުގައި ސަރުކާރުން ދެއްވަން ވިދާޅުވި އެއްބާރުލެއްވުން ނުލިބޭކަން ފާހަގަ ކުރައްވަމުން މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލް ފަށައިގަތުމާއި އެކު ރައީސުލް ޖުމްހޫރިއްޔާއާއި އެކު އެއް ބައްދަލުވުން ކުރިއަށް ގެންދެވުނުކަމަށާއި، އެހެންނަމަވެސް އޭގެ ފަހުން އެކިފަހަރުމަތިން ސިޓީ ފޮނުވައިގެން ބައްދަލުކުރެއްވުމަށް އެދިފައިވީނަމަވެސް މިހާތަނަށް ރައީސުލް ޖުމްހޫރިއްޔާ ކައުންސިލާއި ބައްދަލުކޮށްފައި ނުވާކަމަށެވެ. އަދި އެކަމަށް އިޖާބައެއްވެސް ޖަވާބެއްވެސް ދެއްވާފައި ނުވާކަމަށް މޭޔަރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ