- Advertisement -ad image

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


އައްަޑޫ ސިޓީ އާއި އަދި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކް ދަރުސްތައް އޮންނަ ތަން ބަދަލުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެގޮތުން މިރޭ ފުވައްލަކު ސިޓީގައި އޮންނަ މުފްތީގެ ދަރުސް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހާފިޒު އަހުމަދު ސްކޫލްގައެވެ.

އައްޑޫ ސިޓީގައި ދަރުސް އޮންނާނީ އާދިއްތަ ދުވަހުގެރޭ ( 30 އޮކްޓޯބަރު 2022 )  އައްޑޫ ހައި ސްކޫލްގައެވެ. މޫސުން ގޯސްވުމާ ގުޅިގެން ދަރުސް ބާއްވާ ތަން ބަދަލުވި ނަމަވެސް ދަރުސް އޮންނަ ގަޑިއަކީ ކުރިންވެސް ހަމަޖައްސާފައިވާ ގަޑިކަމުގައިވާ ރޭގަނޑު  8:45 އެވެ.

ޙާފިޒް އަޙްމަދު ސްކޫލުގައި ހޮނިހިރު ދުވަހުގެ ރޭ  އޮންނަ ދަރުސްގެ މައުޟޫއަކީ އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން މި މައުޟޫޢު އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ

 ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސްތަކުން ހުކުރު ދުވަހުގެ ރޭ މާލޭ ސިޓީގައި ބޭއްވި ދަރުހަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މުފްތީ މެންކާގެ ދަރުސްތައް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ހުޅުމާލޭގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތު ލިބިގެންދާނެއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ