- Advertisement -ad image

ގައިދީންނަށް ޖަލުތަކުގައި މިވަގުތު ދެވެން ނެތް ފަރުވާ ދިނުމުގެ އޮޕަރޭޝަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ޖަލުތަކުގައި ގައިދީންނަށް ދެވެން ނެތް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ހާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ފަށައިފިއެވެ.
ތިން ހަފްތާގެ މުއްދަތަށް ފެށި މި އޮޕަރޭޝަނަށް ކިޔަނީ “އޮޕަރޭޝަން ހޭހަން”އެވެ. މި އޮޕަރޭޝަނަކީ ޖަލުގައި ތިބި ޤައިދީންނާއި، ބަލި މީހުންގެ ތެރެއިން ހާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް، ޖަލުގައި ތިބޭ ޑޮކްޓަރުން ލަފާދީފައިވާ ޤައިދީންގެ އަދަދު އިތުރުވަމުންދާތީ އެކަން ހައްލު ކުރުމަށް ކުރިއަށް ގެންދެވޭ ހާއްސަ އޮޕަރޭޝަނެއް ކަމަށް ކަރެކްޝަނުން ހާމަކުރެއެވެ.
މި އޮޕަރޭޝަންގައި ގައިދީންނާއި ބަންދު މީހުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދާއި، ކަރެކްޝަންގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މި އޮރޭޝަންގައި 70 އަށްވުރެ ގިނަ އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި އޮޕަރޭޝަންގެ ތެރެއިން ބަލި ހާލަތު ސީރިއަސް ނުވަތަ އަވަސް ފަރުވާދޭންޖެހޭ މީހުން ދެނެގަނެވި އެމީހުން ހޮސްޕިޓަލުތަކާއި އެނޫންވެސް ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ގެންގޮސްގެން ދޭންޖެހޭ ފަރުވާ ދެވޭނެކަމަށް ކަރެކްޝަނުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ