- Advertisement -ad image

އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނެވުން: ޓޮމް

ad image

ގުޅުންހުރި ލިޔުންތައް

އަދިވެސް އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސް އަށް ފޮނުއްވި ސިޓީ އަނބުރާ ގެންނެވުން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާަޅުވެއްޖެއެވެ.
ތާރިގު މިފަދައިން ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހިންނަށް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޓޮމް ވިދާޅުވީ، ޗާގޮސް މައްސަލާގައި ބަންޑާރަނައިބު ރިފްއަތުއަށް ދަންނަވައިގެން ކޯޓްގައި ކުރިންބުނިއެތި ކެންސަލް ކަމަށް ދެންނެވުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.
ނަމަވެސް އެކަން އެގޮތަށް ކުރެއްވިޔަސް ޤައުމަށް ޤައްދާރުނުވާކަމަށް ނުވާނެ ކަމަށް ޓޮމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދު އާއްމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ،

އިނގިރޭސި ދައުލަތުން ފޯޅަވަހި ދޫކޮށްލާ އިރެއްގައި އެ ރަށުގެ ސިޔާދަތީ ބާރު އެންމެ ފުރަތަމަ އެނބުރޭނީ އެ ރަށުގެ އަހުލުވެރީންނަށް ކަމަށާއި ފޯޅަވަހީގައި ބަޔަކު ނެތްއިރު އެ މީހުން ތިބީ ޑިއޭގޯ ގާސިއާ އަތޮޮޅުގައި ކަމަށެވެ.

ފޯޅަވަހީގައި ދިވެހިން ނުވަތަ ހާއްސަ ގޮތެއްގައި ފުވައްމުލަކު މީހުން ބަނޑަހަޖަހައިގެން މަސްވެރިކަން ކުރަމުން ދިޔަ ކަމަށާއި މޮރިޝަސްއަށް ގެންދިޔައީ ފޯޅަވަހީގެ މީހުން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ