- Advertisement -ad image

ދޭ ކޮންމެ ލޯނަކާއެކު އިންޑިއާއިން ދަނީ ދިވެހިންނަށް ޖެއްސުން ކުރަމުން: ސައީދު

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާ އިން ރާއްޖެއަށް ދޭ ކޮންމެ ލޯނަކާއެކު ކޮންމެވެސް ޖެއްސުމެއް ރައްޔިތުންނަށް ކުރަމުންދާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، ހިންދޫ ދީނުގެ އަޅުކަމަކުން އިންޑިއާގެ ކުންފުނިން ރަސްމީކޮށް ފެށި މައްސަލަ ފެންމަތިވީ އަންގާރަ ދުވަހުއެވެ.
މިކަމާ ގުޅިގެން ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާަޅުވީ، ހުރިހާ ކަމަކުންވެސް ގައުމު ދަރުވާލަނީ ކަމަށާއި މިމީހުންމިފަދަ ކަނކަން ކުރަމުންދަނީ ރޭވުންތެރި ކަމެއްގެ ތެރެއިން ކަމަށެވެ.
“ އިންޑިޔާދޭކޮއްމެ ލޯނަކަށްފަހު މިފަދަ ކޮއްމެވެސްޖެއްސުމެއް މިކުރަނީ. ދެންމިކަންދިފާޢުކޮށް އެއްމެބާރަށްވާހަކަ ދައްކާނީ ހޯމްމިނިސްޓަރ އިމްރާން “ ސައީދު ވިދާޅުވިއެވެ.

ސޯޝަލް މީޑީއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުނިން ހިތަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށީ ހިންދޫ ދީނުގެ މީހުން އެފަދަ ކަންކަން ފެށުމަށް ކުރާ ދީނީ ހަރަކާތަކުންނެވެ.
މިކަމާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ