- Advertisement -ad image

ބަރުދަން ލުއިވާ ކަމަށް ބުނެ ވިއްކަމުން ދަނީ މަނާ ޕްރޮޑަކްޓެއް!

ad image

ގުޅުންހުރި ލިޔުންތައް


މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން ބުނީ ބަރުދަން ލުއި ކުރުމުގެ ކްލައިމްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރު ރާއްޖޭގައި ވިއްކަމުންގެންދާ ޖަމު ސުރުތު އަޔޫ ގައި ޑޮކްޓަރީބޭސް، ލިޑޮކެއިން އަދި ސިބްޓްރެމައިން ހިމެނޭ ކަމަށް ދުނިޔޭގެ ގައުމުތަކުންކޮށްފައިވާ ތަހުލީލު ތަކުން ދައްކާ ކަމަށެވެ.
އަދި މި ސަބަބާހުރެ މި ޕްރޮޑަކްޓް ވަނީ ދުނިޔޭގެ ގައުމުތަކުގައި މަނާކޮށްފައި ކަމަށެވެ.

%100 ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ހާބަލް ޕްރޮޑަކްޓެއްގެ ގޮތުގައި އިޝްތިހާރުކޮށްފައިވާ އެ އުފެއްދުމުގައި ހިމެނޭ ލިޑޮކެއިން އަކީ އައްސި ކުރުމަށް ބޭނުންކުރާ ބޭހަކަށްވާއިރު މި ބޭސް ކެއުމުގެ ސަބަބުން އިންސާނެއްގެ ހަށިގަނޑަށް ކޮށްފާނެ ނުރައްކާތެރި އަސަރުތައް އަދި މިހާތަނަށް އަން ތާޒާ ކުރެވިފައިވެސް ނުވާ ކަމަށާ، މީގެ އިތުރުން ސިބްޓްރަމައިން އަކީ އޭގައި ހިމެނޭ ނުރައްކާތެރި ސައިޑް އިފެކްޓްތަކުގެ ސަބަބުން ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ބޭހެއް ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ. އަދި އެ ބޭހުގައި ހިމެނޭ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ފުރަމޭ ހަލާކުވުން، ހާޓްއެޓޭކް އަދި ސްޓްރޯކް ޖެހުން ހިމެނޭ ކަމަށްވެސް ހާމަކޮށްފައިވެއެވެ. 

ވީމާ މިޕްރޮޑަކްޓް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، އަދި ބޭނުން ކުރުމަކީ މަނާކަމެއްކަމަށާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓަނެޓް އަދި އެނޫންވެސް ގޮތްގޮތުން މިފަދަ އުފެއްދުންތައް ގަންނައިރު، ފުރިހަމަ މައުލޫމާތު ހޯދުމަށާއި މިފަދަ “ހެލްތް ފްރޯޑް” ތަކަށް އާއްމު ރައްޔިތުން ސަމާލުވުމަށްވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ރާއްޖޭގައި ގިނަމީހުންނަށް ދިގުމުއްދަތުގެ ބަލިޖެހެނީ ކާންނުޖެހޭ ބޭސްކައިގެން އެބޭސްތަކުގައި ހުންނަ ހަށިގަޑާއި ނުގުޅޭ މާއްދާތަކުގެ ސަބަބުން. ކުރަންވީހާވެސް ކަމަކީ ރަގަޅަށް ކައި ފެންބޮއެ ރަގަޅަށް ނިދާ އެއްތަނެއްގައި ގިނައިރު ނުއިދެ ވަޔާއި އަވި ލިބޭގޮތަށް ހެލިފެލިވެ އުޅުން. އިންސާނުންނަކީ ގަހަށް ކާނާ ދޭގޮތަށް އެކިވައްތަރުގެ ޑޮކްޓަރީ ބޭސް ދޭންޖެހޭ ބައެއްނޫން.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ