ދެ ރަށެއްގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ. އެގޮތުން މިއަދު ބައި އިލެކްޝަން ކުރިއަށް ގެންދަނީ ނ މަގޫދޫ ކައުންސިލަށް އަންހެން މެމްބަރަކު އިންތިހާބު ކުރުމާއި، ލ ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންއެވެ.
ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ މަގޫދޫ ސްކޫލުގައެވެ.
ލ.ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ ކަލައިދޫ ސްކޫލުގައެވެ.
އިލެކްޝަނުން ބުނީ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އަށް ކަމަށެވެ. މި ދެ ރަށުގެ އިތުރުން ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ މާލޭގެ އިމާދުއްދީން ސުކޫލުގަ އެވެ.



